ބުރަކަށީގައި ރިއްސުން
ބޮޑެތި
މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް، އެމީހުންގެ ދިރިއުޅުމުގެ ހަޔާތުގައި
ބުރަކަށީގައި ރިއްސުން ތަޖުރިބާކުރެއެވެ. ބައެއް ފަހަރު މި ރިހުން ބުރަކަށީގެ
ތިރިން ފައިބާ، އެއާއި ގުޅިފައިވާ ފައިގައި ރިއްސައި، އައްސިވެއެވެ.
ބުރަކަށީގައި ރިއްސާ ބައެއް ސަބަބުތައް
1.
ބުރަކަށީގެ މަސްތަކަށް
ބާރުބޮޑުވުން
ބުރަކަށީގެ
މަސްތަކަކީ މީހާގެ ހަޔާތުގައި އޭނާގެ ހަށިގަނޑަށް ބޭނުންވާ ވަރުގަދަކަމާއި
ހެލިފެލިވުން ފޯރުކޮށްދޭ މަސްތަކެވެ. ބުރަކަށީގެ މަސްތަކަށް ބާރުބޮޑުވަނީ، އެ
މަސްތައް މާ ބޮޑަށް ބޭނުންކުރެވުމުން، ނުވަތަ ބަލިކަށިވުމުންނެވެ. މިއީ
ބުރަކަށީގައި ރިއްސުމަށް ދިމާވާ އެންމެ އާއްމު ސަބަބެވެ.
2.
ލިގަމެންޓު(އެއް ކަށި އަނެއް
ކަށްޓާ ގުޅުވައިދޭ މަސް)ތަކަށް ބާރުބޮޑުވުން
ލިގަމެންޓުތަކަކީ
ބުރަކަށީގެ އެއް ކަށި އަނެއް ކަށްޓާ ގުޅުވައިދީ، އެއް ބަދަ އަނެއް ބަދަޔާއި ކަސިޔާރުވިޔަނުދީ
ހިފަހައްޓާ މަސްތަކެކެވެ. ލިގަމެންޓަށް ހާނިއްކަވާ މައިގަނޑު 2 ސަބަބަކީ
ބުރަކައްޓަށް ގެނެވޭ ކުއްލި ހަރަކާތަކުން، ނުވަތަ ދިގުދެމިގެންދާ ގޮތަކަށް
ބުރަކަށީގެ ލިގަމެންޓުތައް ބޭނުންކުރުމެވެ.
3.
ހެލިފެލިވެ އުޅުމުގައި
ބުރަކަށި ބަހައްޓަންޖެހޭ ގޮތަށް ނުބެހެއްޓުން
ހެލިފެލިވެ
އުޅުމުގައި ބުރަކަށި ބަހައްޓަންޖެހޭ ގޮތަށް ނުބެހެއްޓުމުގެ ސަބަބުން، މަސްގަނޑު
ވަރުބަލިވެ، ހުޅުތައް ފިތި، ބަދަތަކުގެ ދެމެދުގައިވާ ޑިސްކުތަކަށް (ލޮނދިފަށަލަ)
ބާރު ބޮޑުވާ ގޮތްވެއެވެ.
4.
އުމުރު
އުމުރުން
ދުވަސްވުމުގެ ސަބަބުންނާއި، ވިރާސީ ގޮތުން ވާރުތަވާ ކަންކަމުގެ ސަބަބުން،
ބުރަކަށީގެ ބަދަތަކުގެ ދެމެދުގައިވާ ލޮނދީގެ ފަށަލަ ހަލާކުވުމާއި (ޑިޖެނެރެޓިވް
ޑިސްކް ޑިސީސް)، ހުޅުތައް
ހަލާކުވުން (ޑިޖެނެރެޓިވް ޖޮއިންޓް ޑިސީސް) މެދުވެރިވެއެވެ.
5.
ލޮނދިފަށަލަ ބޭރަށް
ޖެހުން/ނުކުތުން
ލޮނދިފަށަލަ
ބޭރަށް ޖެހުމުން/ނުކުތުމުން، މައިބަދައިގެ މައިނާރުން ކަފިވެގެން ނުކުންނަ
ނާރުތަކަށް ބާރުބޮޑުވެ، ފަޔަށް ތަދެއް ފައިބާފަދަ އިހުސާސެއް ކުރެވެއެވެ.
6.
އެހެނިހެން ސަބަބުތައް
·
ކުޑަކަމުދާ ނިޒާމުގެ
ބަލިތައް (ބްލެޑަރ/ކިޑްނީގެ ބަލިތައް)
·
އަންހެނުންގެ ޚާއްޞަ
ބަލިތައް (އެންޑޮމެޓްރިއޯސިސް، ރަހިމުގެ މައްސަލަތައް)
·
ކެންސަރުބަލި
ބުރަކަށީގެ ރިއްސުމުގެ ފަރުވާ
1.
އަރާމުކުރުން
ބުރަ
މަސައްކަތް ކުރުމުން ދުރުހެލިވާންވާނެއެވެ. މީގެ އިތުރުން، ގިނަ ވަގުތު އިށީނދެ
އިނުން، އެއްގަމު އުޅަނދުފަހަރު ދުއްވުން، ގުދުވުމާއި، ބަރު އެއްޗެހި އުފުލުމުން
ދުރުހެލިވާންވާނެއެވެ.
2.
ތަދުކަނޑުވާ ބޭސް
ބޭނުންކުރުން
3.
ގަވާއިދުން ކަސްރަތުކުރުން
4.
ހިނގާ ބިންގާވެ
އުޅުމުގައި/ނިދުމުގައި/އިށީނދެ އިނުމުގައި ބުރަކަށި ބަހައްޓަންޖެހޭ ގޮތަށް
ބެހެއްޓުން
5.
ފިޒިއޮތެރަޕީ
6.
އޮޕަރޭޝަން ކުރުން (އިސްވެ
ބަޔާންކުރެވުނު ކަންކަމުން ބުރަކަށީގެ ރިއްސުން ހައްލުނުވާނަމަ)
No comments:
Post a Comment