Thursday, November 10, 2016


Capture
އޮސްޓިއޯއާތްރައިޓިސް
 


އެހެން ހުޅުތަކެކޭ އެއްފަދައިން ކަކޫ ހުޅުވެސް އުފެދިފައިވަނީ ދެ ހަރުކަށިން

އެދެ ހަރުކަށީގެ ދޭތެރޭގައި މަޑުކަށީގެ(ކާޓިލެޖް)  ފަށަލައެއްވޭ

އޮސްޓިއޯއާތްރައިޓިސްގައި މަޑުކައްޓަށް ގެއްލުންވެ، ހަރުކަށި އެއްކަށި އަނެއްކަށްޓާއި ގޭނި، ތަދު އިޙްސާސްކުރެވޭ

މީގެއިތުރުން ހުޅުވަށައިގެންވާ ފަށަލައާއި، ދެކަށިގުޅުވައިދޭ މަސްތަކާއި، ވަށައިގެންވާ ކަށިތަކަށް ގެއްލުންވޭ

އޮސްޓިއޯއާތްރައިޓިސް ގެ ސަބަބުން ލިބޭ ގެއްލުން އަލުން އިއާދަ ކުރެވޭ ވަރުގެ ފަރުވާއެއް ހޯދިފައެއް އަދި ނެތް





އޮސްޓިއޯއާތްރައިޓިސް ޖެހެން ދިމާވާ ސަބަބުތައް

އާދަޔާ ޙިލާފަށް ފަލަވުން

ވިރާސީގޮތުން

އުމުރުން ދުވަސްވުން

ފަންސާސް އަހަރުން މަތީގެ އަންހެނުން

ކުރިން ކަކުލަށް ހާނިކަ ވެފައިވާ މީހުން

ތަކުރާރުކޮށް ކަކުލަށް ބުރަވާ މަސައްކަތް/ ކުޅިވަރު ކުޅުން



އޮސްޓިއޯއާތްރައިޓިސްގެ އަލާމާތްތައް

ތަދުވުން

ކަކޫހުޅު ހަރުވުން

މަސްގަނޑު ބަލިކަށިވުން

ކަކޫ ހުޅު އައިބުވުން

ކަކޫހުޅު ހަރަކާތް ކުރެވޭ މިންވަރު ދަށްވުން 

ކަކުލު ހުޅުން އަޑުއަޑު ގޮވުން



އޮސްޓިއޯއާތްރައިޓިސް ދެނެގަންނަ ގޮތް

ޑޮކްޓަރުގެ ބަލާބެލުމުން ( ފިތީމަ ތަދުވާމިންވަރު، ދުޅަވުން، އައިބުވެފައިވުން، މަސްގަނޑުގެ ވަރު ހުރި މިންވަރު، ކަކޫ ހުޅު ލެނބީމާ އިވޭ އަޑުތަކުން)

ކަކޫހުޅުގެ އެކްސް-ރޭ



އޮސްޓިއޯއާތްރައިޓިސްއަށް ދެވޭ ފަރުވާ

ތަދުކަނޑުވަ ބޭސް ބޭނުންކުރުމާއި އުނގުޅުން

ހޫނުފެނުން ނުވަތަ ފިނިފެނުން ބޮނޑިތާން ކުރުން

ބަރުދަން ލުއިކުރުން

ކަކޫހުޅުގެ މަސްގަނޑު ވަރުގަދަ ކުރާ ކަސްރަތު ކުރުން

ކަކުލަށް ބާރުދޭ ބެލްޓެއް ބޭނުންކުރުން، ހިނގާ ދަނޑިގަނޑެއް ބޭނުންކުރުން، ފައިވާންގެ ތެރެއަށް ސަޕޯޓެއް ލެއްވުން

 ކަކޫހުޅަށް ބޭނުންވާ މާއްދާ އެކުލެވޭ ބޭސް ބޭނުންކުރުން ( ކެލްސިއަމް، ވިތަމިން ޑީ، ގްލުކޮސްއަމިން، އޮމެގާ 3 ފެޓީއެސިޑްސް)

ކަކޫހުޅު އެތެރެއަށް "ޖެލް"އެއް އިންޖެކްޓް ކުރުން

ހުޅުބަދަލްކުރާ ސާރޖަރީ ކުރުން







ޑޮކްޓަރ. އެންޓަން ޕްރިޔަންތާ ވަރްނަކުލަސޫރިޔާ

އެމް.ބީ.ބީ.އެސް.، އެމް.އެސް

ކަށީގެ އޮޕާރޭޝަނަށް ޙާއްސަ ޑޮކްޓަރ

އޭޑީކޭ ހޮސްޕިޓަލް،މާލެ، ދިވެހިރާއްޖެ.


No comments:

Post a Comment